މިރޭވެސް ރާއްޖޭެގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ ކ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.
އެލާޓު ނެރެފައިވަނީ މިރޭ11:30 ން މެންދަމު3:30 އަށެވެ.
މެޓުން އާންމުން އުދައިން ސަލާމަތްވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި އެވެ.
މިދިޔަ ހަފްތާގައި އެންމެ ބޮޑަށް އުދައުގެ އަސަރުކޮށްގެން ރިޕޯޓު ކުރީ މާލޭގައި އެވެ. މާލޭ ކާނިވާ ސަރަހައްދުގެ އިތުރުން އިންޑަސްޓްރިއަލް ވިލޖު ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް