ޕްރިޔަންކާ ޗޯޕްރާ އަދި އޭނާގެ ކުއްތާ ޑަޔާނާ ޗޯޕްރާ އެމެރިކާއަށް ބަދަލުވެއްޖެ

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަޝްހޫރު ބަތަލާ، ޕްރިޔަންކާ ޗޯޕްރާ އަދި އޭނާގެ ކުއްތާ ޑަޔާނާ ޗޯޕްރާ، އެމެރިކާގެ ނިއުޔޯކަށް ދިރިއުޅުން ބަދަލުކޮށްފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕްރިޔަންކާ އަދި ޑ...

08 Nov 2017 | 11:19

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަޝްހޫރު ބަތަލާ، ޕްރިޔަންކާ ޗޯޕްރާ އަދި އޭނާގެ ކުއްތާ ޑަޔާނާ ޗޯޕްރާ، އެމެރިކާގެ ނިއުޔޯކަށް ދިރިއުޅުން ބަދަލުކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕްރިޔަންކާ އަދި ޑަޔާނާ ބަދަލުވެފައިވަނީ ނިއުޔޯކް ސިޓީގެ މަންހައްޓަން ގައި ހުރި ހަތަރު ކޮޓަރީގެ އެޕާޓްމެންޓަކަށެވެ. ޕްރިޔަންކާ މި އެޕާޓްމެންޓަށް ބަދަލުވެފައިމިވަނީ ފާއިތުވި ދެ މަހެއްހާ ދުވަހު އެމެރިކާގައި ކުއްޔަށް އުޅެފައިކަމުގައިވެސް މީޑިއާ ރިޕޯޓްތަކުގައި ވެ އެވެ.

އަލަށް ބަދަލުވި މި އެޕާޓްމެންޓާއި ބެހޭގޮތުން ޕްރިޔަންކާ ބުނެފައިވަނީ އެ އެޕާޓްމެންޓްގެ ޑެކޮރޭޝަން ހުރީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.

އުމުރުން 35 އަހަރުގެ މި ތަރި މިހާރުވެސް އަންނަނީ ޓީވީ ޝޯ ކުއަންޓިކޯގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ. ގިނަ އަދަދަކަށް ހިންދީ ފިލްމު ކުޅެފައިވާ ޕްރިޔަންކާ ވަނީ އިނގިރޭސި ދެ ފިލްމެއްގައިވެސް އެކްޓް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް