މެލޭޝިޔާގެ ސެރީ ކެމްބަންގަން ޓައުނުގައި ހުރި ޕެޓްރޯލު ޝެޑެއްގެ ނަމާދުކުރާ ކޮޓަރިތެރެއަށް ދޫކޮށްލާފައި އޮތް ތުއްތު ކުއްޖަކު މިއަދު ފެނިއްޖެ އެވެ.
މެލޭޝިޔާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ވިހެއުމަށްފަހު ދޫކޮށްލާފައިވާކަމަށް ބެލެވޭ އެ ކުއްޖާ ފެނުނީ އެ ޝެޑުން ހިދުމަތް ހޯދަން ދިޔަ ކަސްޓަމަރަކަށެވެ. އެ ކުއްޖާ ފެނިފައިވަނީ މިއަދު ހެނދުނު މެލޭޝިޔާ ގަޑިން 07:26 ހާއިރު ކަމުގައި ފުލުހުންނާއި ހަވާލާދީ މެލޭޝިޔާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފެނުނު އިރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ދޫކޮށްލާފައި އޮތީ ފޫޅުވެސް ނުކަނޑާ ކަމަށެވެ. އަދި މިހާރު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް