މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ އިނާމު 25 ބޭފުޅަކަށް

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 25 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާ...

08 Nov 2017 | 08:34

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 25 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ދެ ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ.

"މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަންނަ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަންތައްތަކުގެ މައްޗަށް" ރައީސް އޮފީހުން ހާމަކުރައްވަ  އެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ އިނާމަށް ބޭފުޅުން ހޮއްވެވިއިރު، ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވާފައިވަނީ، ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކަނޑައެޅުއްވި މިންގަނޑުތަކެއްގެ ދަށުން ޕޮއިންޓް ދެއްވުމަށްފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީއަށް ފެނިވަޑައިގެންނެވި ބޭފުޅުންނާއި ކަމަށެވެ. އަދި މީގެއިތުރުން، އިނާމަށް ނަން ހުށަހެޅުނު ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯއްދަވާފައިވާކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް