މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ހަ ޕެކެޓާއެކު ތިން މީހަކު ޅ. ނައިފަރުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނުން ކަމަށެވެ.
"މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެމީހުންގެ ޢަމަލުތައް ހުރިގޮތުން ތުޙުމަތުކުރެވިގެން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެރޭ 23:30 ހާއިރުއެވެ." ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެމީހުން އެވަގުތު ތިބި ތަނުން ކަމަށެވެ. ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް