ޓްވިޓާގައި މިހާރު 280 ކެރެކްޓާގެ ޓްވީޓް ކުރެވޭގޮތް ހަދައިފި އެވެ.
މި ބަދަލު ޓްވިޓާއިން ގެނެސްފައިވާއިރު މި ބަދަލު ގެންނަން އުޅޭކަން މިދިޔަ ސެޕްޓެމްބަރުގައި ޓްވިޓާއިން ވަނީ އާންމު ކޮށްފަ އެވެ.
ޓްވިޓާއިން އޭރު ބުނެފައިވަނީ މި ބަދަލު ގެންނަން ނިންމީ ޓްވީޓްގައި 140 ކެރެކްޓަރ ލިމިޓް އިނުމުން ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ކަމަށެވެ.
މި ބަދަލާއެކު ޓްވިޓާގެ ކެރެކްޓަރ ކައުންޓްކުރާ ގޮތަށްވެސް ބަދަލެއް ގެނެސްފައިވެ އެއީ ކުރިން ކެރެކްޓަރގެ އަދަދު ފެންނަން އިން ނަމަވެސް މިހާރު ފެންނަނީ ބޮޅެކެވެ. ޓައިޕް ކުރާވަރަކަށް މި ބޮޅުގެ ކުލަ ބަދަލުވަމުންދެ އެވެ. އަދި ބާކީ 20 ކެރެކްޓަރ އަށްވުމުން ދެން އަދަދު ފެންނަން ފަށަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް