ޕާކިސްތާނުގެ ގޮރުނުދޯރުގެ ގޭގައި ރަން ފާހާނާއެއް ! ރައްޔިތުން ރަތަށް !

ޕާކިސްތާނުގެ ޕަންޖާބުގެ އަވަށެއް ކަމުގައިވާ މުއްރީގައި ހުންނަ "ގަވަރުނަރު ހައުސް" ގައި ރަން ފާހާނާއެއް ހުރުމުން އެ ގައުމުގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ. ވެކޭޝަން ހައުސްއެއްގެ ގޮތުގައި...

08 Nov 2017 | 05:08

ޕާކިސްތާނުގެ ޕަންޖާބުގެ އަވަށެއް ކަމުގައިވާ މުއްރީގައި ހުންނަ "ގަވަރުނަރު ހައުސް" ގައި ރަން ފާހާނާއެއް ހުރުމުން އެ ގައުމުގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ވެކޭޝަން ހައުސްއެއްގެ ގޮތުގައި ހުންނަ ގަވަރުނަރު ހައުސްގައި ރަން ފާހާނާއެއް ހުންނަ ކަމާއި ޕާކިސްތާނުގެ ރުޕީސްގެ 600 މިލިޔަން ހަރަދުކޮށްގެ އެ އިމާރާތް އަލުން މަރާމާތުކޮށްފައިވާކަން ފެންމަތިވެފައިވަނީ އެގައުމުގެ ސެނެޓަރ ޝެރީ ރަހްމާން ކޮށްފައިވާ ޓްވީޓަކުންނެވެ.

https://twitter.com/sherryrehman/status/924596120160006144

ޝެރީގެ ޓްވީޓާއެކު މިކަން އާންމުންނަށް އެނގުމުން އެގައުމުގެ ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން ޕާކިސްތާނުގައި ވަންނާނެ ގެދޮރެއްނެތި 20 މިލިޔަން މީހުން މަގުމަތީގައި އުޅޭއިރު އެއީ ގައުމުގެ 10 އިންސައްތަ އާބާދީ ކަމުގައިވާއިރު މިވަރުގެ ބޮޑު ހަރަދެއް އެ އިމާރާތަށް ކުރުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް