އައްޑޫގައި ސެކިއުރިޓީއަކަށް ހަމަލާދިނުމަށްފަހު އޭޓީއެމްއެއް ވަގަށް ގެންދަން އުޅެފި

އައްޑޫ ސިޓީގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ސެކިއުރިޓީ އަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އެތަނުގެ އޭޓީއެމް ވަގަށް ގެންދަން މަސައްކަތް ކޮށްފި އެވެ. އައްޑޫގައި ހިންގާ ނޫހެއް ...

08 Nov 2017 | 04:50

އައްޑޫ ސިޓީގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ސެކިއުރިޓީ އަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އެތަނުގެ އޭޓީއެމް ވަގަށް ގެންދަން މަސައްކަތް ކޮށްފި އެވެ.

އައްޑޫގައި ހިންގާ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައި ބުނެފައިވަނީ އެސްބީއައިގެ ސެކިއުރިޓީއަށް ހުރި ބިދޭސީ މީހާއަށް ހަމަލާދީ އެތަނުގެ އޭޓީއެމް ވަގަށް ގެންދަން މަސައްކަތް ކުރީ ރޭ ދަންވަރު ވަގުތެއްގައި ކަމަށް އެ ނޫހަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

"ބިދޭސީ މިހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ، އޭޓީއެމް ވަގަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އެއިން އެއްވެސް އަދަދެއްގެ ފައިސާއެއް ނެގިފައި ނުވާކަން އެސްބީއައި ހިތަދޫ ބްރާންޗުން ވަނީ ކަށަވަރުކޮށްދީފައެވެ" އެ ނޫހުގައި ބުނެފައި ވެ އެވެ.

އެސްބީއައިގެ ސެކިއުރިޓީއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު އެ ބްރާންޗްގެ އޭޓީއެމް މެޝިން ވަގަށް ގެންދަން އުޅުނު މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގް ކުރަމުން ކަމުގައިވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް