ރޭޕްގެ ތުހުމަތު ތަކާއެކު ތޯރިގް ރަމަޟާން ބޮޑު ޗުއްޓީ އަކަށް

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އޮކްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ތާރިގު ރަމަޟާންގެ މައްޗަށް ފްރާންސްގެ ދެ އަންހެނަކު ރޭޕުގެ ތުހުމަތުކޮށްފައިވާއިރު މިކަންކަމާއި ގުޅިގެން އޭނާއަށް އޮކްސްފޯޑް ޔުނިވާސިޓީ ...

08 Nov 2017 | 02:21

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އޮކްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ތާރިގު ރަމަޟާންގެ މައްޗަށް ފްރާންސްގެ ދެ އަންހެނަކު ރޭޕުގެ ތުހުމަތުކޮށްފައިވާއިރު މިކަންކަމާއި ގުޅިގެން އޭނާއަށް އޮކްސްފޯޑް ޔުނިވާސިޓީ އިން ބޮޑު ޗުއްޓީ އެއް ދީފި އެވެ.

އެ ޔުނިވާސިޓީން ބުނެފައިވަނީ އެފަދަ ތުހުމަތު ތަކެއް ކުރެވޭއިރު ތޯރިގް ރަމަޟާން އާއި ވާހަކަ ދެކެވި އިއްޔެއިން ފެށިގެން އޭނާއަށް ޗުއްޓީ ދީފައިވާކަމަށެވެ. އަދި އޭނާ އެނބުރި ވަޒީފާއަށް އަންނާނެ ދުވަހެއް އެ ޔުނިވާސިޓީއިން ހާމަކޮށްފައިނުވާއިރު އެނބުރި އަންނާނޭކަންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ރޭޕްގެ ތުހުމަތު ތޯރިގްގެ މައްޗަށް ދެ އަންހެނަކު ކުރާއިރު އޭގެ ތެރެއިން އެކަކީ ހަންދާ ޔަރާރީ ކިޔާ މީހެކެވެ. އޭނާ ބުނެފައިވަނީ ޕެރިހުގެ ހޮޓަލެއްގައި 2012 ވަނަ އަހަރު އޭނާ އަށް ރަމަޟާން "ހަމަލާދީފައިވާ" ކަމަށާއި ތޯރިގް ވަނީ ވަލު ޖަނަވާރެއް ގޮތަށް އޭނާ ގަޔަށް ފުންމާލާފައި ކަމަށެވެ. ނަމަވެސް ތޯރިގް ވަނީ މިކަން ދޮގު ކޮށްފަ އެވެ.

ދެވަނަ އަންހެނަކީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނެކެވެ. އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ބުނެފައިވަނީ ލިޔޯންގެ ހޮޓަލެއްގައި 2009 ވަނަ އަހަރު އޭނާ ރޭޕްކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް