ސްނެޕް ކުންފުނިން އުފެއްދި "ކެމެރާ އައިނު"ގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް !

ސްނެޕްޗެޓްގެ މައި ކުންފުނި ސްނެޕް އިންކް އިން އުފެއްދި ކެމެރާ އައިނު "ސްޕެކްޓެކަލްސް" ގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ. ނޮވެމްބަރު 2016ގައި އެ ކުންފުނިން ލޯންޗު...

08 Nov 2017 | 01:39

ސްނެޕްޗެޓްގެ މައި ކުންފުނި ސްނެޕް އިންކް އިން އުފެއްދި ކެމެރާ އައިނު "ސްޕެކްޓެކަލްސް" ގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ނޮވެމްބަރު 2016ގައި އެ ކުންފުނިން ލޯންޗުކުރި މި އައިނު އިސްތިހާރު ކުރުމަށާއި ވެންޑިންގް މެޝިންތަކެއްގައި ވިއްކުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައިވެސް އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ މި އައިނުގެ ސަބަބުން ކަމުގައި ހާމަކޮށްފައި ވެ އެވެ.

މި އައިނުގެ 150000 ޔުނިޓް މިހާތަނަށް ވިކިފައިވާއިރު އެ އަދަދަކީ އެ ކުންފުނިން އުންމީދު ކުރި އަދަދަށްވުރެ މާ ބޮޑަށްވެސް ދަށް އަދަދެއް ކަމަށާއި މި އައިނުގެ ސަބަބުން އެ ކުންފުންޏަށް 40 މިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމުގައިވެސް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް