އެންމެ ނާޒުކު ފޯނުގެ ލަގަބު އައިފޯނު އެކްސް އަށް – ކުރިން އޮތީ އެސް އަށަކަށް

ސްމާޓްފޯނަށް އެކްސްޓެންޑެޑް ވޮރެންޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ސްކޮޔާ ޓްރޭޑުން، އެންމެ ނާޒުކު ފޯނުގެ ލަގަބު އައިފޯނު އެކްސް އަށް ދީފި އެވެ. މީގެ ކުރިން އެ ކުންފުނިން އެ ލަގަބު ދީފައި...

08 Nov 2017 | 01:24

ސްމާޓްފޯނަށް އެކްސްޓެންޑެޑް ވޮރެންޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ސްކޮޔާ ޓްރޭޑުން، އެންމެ ނާޒުކު ފޯނުގެ ލަގަބު އައިފޯނު އެކްސް އަށް ދީފި އެވެ.

މީގެ ކުރިން އެ ކުންފުނިން އެ ލަގަބު ދީފައި އޮތީ ސެމްސަންގް ގެލެކްސީ އެސް 8 އަށެވެ. އެސް 8 އަށް މި އަހަރު ކުރީކޮޅު ދީފައިވާ ލަގަބަކީ "މިހާތަނަށް އުފެއްދި އެންމެ ނާޒުކު ފޯނުގެ" ލަގަބެވެ. ބްރޭކެބިލިޓީ ސްކޯއެއްގެ ގޮތުގައި އޭރު ސެމްސަންގް އެސް 8 އަށް ދީފައިވާ ސްކޯ އަކީ 100 އަކުން 77 އެކެވެ. ނަމަވެސް އައިފޯނު އެކްސް އިން މި ލަގަބު އަތުލާފައިމިވަނީ ބްރޭކެބިލިޓީ ސްކޯގައި 100 އަކުން 90 ހޯދައިގެންނެވެ.

ސްކޮޔާ ޓްރޭޑްގެ މި ނިންމުން ސާބިތު ކޮށްދިނުމަށްޓަކައި އެ ކުންފުނިން ވަނީ އައިފޯނު އެކްސްގެ ޑްރޮޕް ޓެސްޓްގެ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެކި ގޮތްގޮތަށް ފޯނު ވައްޓާލާއިރު ކޮންމެ ފަހަރަކުވެސް ފޯނުގެ ކުރިމަތިފަރާތް ނުވަތަ ފުރަގަސް ފަރާތް ތަޅައިގެން ދެ އެވެ.

އެ ވީޑިއޯގައި އައިފޯނު އެކްސްގައި ބޭނުންކޮށްފައިވާ ބިއްލޫރިއަކީ އެންމެ ވަރުގަދަ ބިއްލޫރި ކަމުގައި އެޕަލް އިން ބުނާއިރު އަދި ތަޅައިގެން ގޮސްފިނަމަ މަރާމާތު ކުރުމަށް 500 އަށްވުރެ ގިނަ ޑޮލަރު ހަރަދުވާއިރު އެހާ ފަސޭހައިން ތަޅައިގެން ދާއިރު އެވަރުގެ ރިސްކެއް ނެގުމަކީ ރަނގަޅު ކަމެއްތޯ ސުވާލު އުފައްދާފައި ވެ އެވެ.

ސްކޮޔާ ޓްރޭޑް އިން އާންމުކޮށްފައިވާ ވީޑިއޯ:

https://www.youtube.com/watch?v=T_OT1FQSWuU

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް