ވިލިނގިލީގައި  ސައިކަލެއްގައި ރޯކޮށްލައިފި

ވިލިނގިލީ ފެރީ ޓާމިނަލް ކައިރީގައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލައިފި އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ވިލިނގިލީ ފެރީ ޓާމިނަލް ކައިރީގައި ހުރި ސައިކަލެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް...

08 Nov 2017 | 01:08

ވިލިނގިލީ ފެރީ ޓާމިނަލް ކައިރީގައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ވިލިނގިލީ ފެރީ ޓާމިނަލް ކައިރީގައި ހުރި ސައިކަލެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެފައިވާކަމަށާއި ފަޔަރ ޓީމް ދިޔައިރު އަލިފާން ވަނީ ކޮންޓްރޯލް ވެފައި ކަމަށެވެ.

"ޕޮލިސް އިން ކޭސް އިންވެސްޓިގޭޓް ކުރާނެ، ހާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ" އެމްއެންޑީއެފުން ބުނެފައިވެ އެވެ.

މި ހާދިސާގައި އަލިފާން ރޯކޮށްލާފައިވާ ސައިކަލުގެ ފޮޓޯ އެމްއެންޑީއެފްއިން އާންމު ކޮށްފައިވާއިރު ފޮޓޯއިން ފެންނަ ގޮތުގައި އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް