"ބިބީ" ގެ ރެޑް ކާޕެޓްގައި ޓިކްޓޮކް ތަރި "ޔޫއްޓެ" !

ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ބިބީ" ފިލްމުގެ ޕްރިމިއާރ ނައިޓްގައި ރެޑް ކާޕެޓްގައި ޓިކްޓޮކް ތަރި ޔޫއްޓެ ފެނުމުން ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ. ޔޫއްޓެ ރެޑްކާޕެޓަށް ގޮސްފައިވަނީ...

08 Oct 2024 | 14:31

ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ބިބީ" ފިލްމުގެ ޕްރިމިއާރ ނައިޓްގައި ރެޑް ކާޕެޓްގައި ޓިކްޓޮކް ތަރި ޔޫއްޓެ ފެނުމުން ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

ޔޫއްޓެ ރެޑްކާޕެޓަށް ގޮސްފައިވަނީ ވަރަށް ތަފާތު އައުޓް ފިޓެއްގައެވެ. ޔޫއްޓެގެ ފޭނުން ވަނީ ޔޫއްޓެގެ އެ އައުޓްފިޓަށް ތަރުހީބު އޮއްސާލާފައެވެ. މައްޝޫރު ފިލްމީ ތަރިންވެސް ވަނީ ޔޫއްޓެއާއި އެކު ފޮޓޯ ނަގާފައެވެ. މި ފެނިލުމުން ޔޫއްޓެއަށް ވަނީ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިފައެވެ.

ޔޫއްޓެއަކީ ޓިކްޓޮކްގައި ނަން ވިދާލާ ތަރިއެކެވެ. ޔޫއްޓެ މަޝްހޫރުވެފައި ވަނީ އޭނާގެ ބޮޑުބެރު ނެށުންތަކުންނާއި އޭނާގެ "އެފަޅިސިކުންތު" ވާހަކައިންނެވެ.

ދިވެހި ފިލްމެއް ކަމަށްވާ ބިބީ ފިލްމު ޕްރިމިއާ ކުރީ ހޯމަ ދުވަހުގެ ރޭގައެވެ.އެ ފިލްމަކީ ކޮމެޑީ، ބިރުވެރި ފިލްމެއް ކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓު ވަނީ ބުނެފައެވެ.

އެ ފިލްމުގެ "ލާލު ބިބީ" ލަވައަށް ވަނީ ބޮޑު ތަރުހީބެއް ވެސް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް