ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ، ސިޔާސީ ހުރިހާ ޕާޓީތަކަށް ލިބޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން 10،000 އަށް ވުރެން ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުންގެ އަދަދުގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެއެވެ.
އެ އަދަދަށް ފައިސާ ހަމަވާ ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުން މިއަހަރު ވަނީ44 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
އިލެކްޝަނުން ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުންގެ ރައީސް ފުއާދު ތައުފީގު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އިސްލާހުތައް މި ހަފްތާ ނިމުމުގެ ކުރިން އެޓާނީ ޖެނެރަލްގެ އޮޮފީހަށް ފޮނުވާނެ ކަމަށެވެ.
އެގޮތުން މި އިސްލާހުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފުއާދު ފާހަގަކުރެއްވީ ޕާޓީތަކަށް ފައިސާ ދިނުމަށް މިހާރު އޮންނަ ގޮތަށް ގެންނަ އިސްލާހެވެ.
އެގޮތުން މި ބަދަލާއި އެކު10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ފައިސާ ދިނުމުގެ ބަދަލުގައި އާ އިސްލާހާއިއެކު ހުރިހާ ޕާޓީތަކަކަށްވެސް ފައިސާ ލިބޭނެ ގޮތަކަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
މި އިސްލާހީއާއި އެކު3،000 މީހުން ހަމަވާ ޕާޓީއެއް ނަމަ ކޮންމެވެސް ވަރެއްގެ އެހީއެއް ލިބޭނެ ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ. އަދި މި އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ކަނޑައަޅާ ޖުމަލް ބަޖެޓުގެ25 ޕަސެންޓު ލިބޭނެއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށް ބައިގެން30 ޕަސެންޓު ލިބޭނެ ކަމަށާއި، ލޯކަލް ކައުންސިލްގައި ވޯޓު ލިބޭ ނިސްބަތަށް ބަލައި20 ޕަސެންޓު ލިބޭނެ ކަމަށް އިލެކްޝަންގެ އެ އިސްލާހުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް