ރައީސްގެ ދެކަނބަލުން ތާޖްމަހަލް ބަލާލައްވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މިއަދު ތާޖް މަހަލްއަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ތާޖްމަހަލްއަށް ޒިޔާރަތް ކުރެއްވީ އިންޑިއާގެ...

08 Oct 2024 | 10:42

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މިއަދު ތާޖް މަހަލްއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ތާޖްމަހަލްއަށް ޒިޔާރަތް ކުރެއްވީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދައުވަތަކަށެވެ.

ރައީސްގެ ދެކަނބަލުން ތާޖް މަހަލްއަށް ޒިޔާރަތް ކުރައްވާތީ އެތަން ވަނީ ގިނަ ވަގުތުތަކަކަށް ބަންދުކޮށްފައެވެ.

މި ޒިޔާރާތުގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އުއްތަރުޕަރަދޭޝްގެ ޗީފް މިނިސްޓަރު ޔޮގެންދްރަ އާދިތުނާތުގެ ފަރާތުން ސްޓޭޓް މިނިސްޓަރު ޔޮގެންދްރަ އުޕްދަޔާއެވެ.

ތާޖްމަހަލްއަކީ ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ އާސާރީ ބިނާއެކެވެ. އެތަން އިމާރާތް ކޮށްފައިވަނީ ސަތާރަ ވަނަ ގަރުނުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް