ރާއްޖޭގެ ސެޕްޓެމްބަރ މަހުގެ ރިޒާވް ދައްވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް ފާއިތުވި ސެޕްޓެމްބަރު މަސް ނިމުނުއިރު ދަށަށް ގޮސްފައިވާކަމަށް، މޯލްޑިވްސް މިނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއ...

08 Oct 2024 | 09:58

ރާއްޖޭގެ ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް ފާއިތުވި ސެޕްޓެމްބަރު މަސް ނިމުނުއިރު ދަށަށް ގޮސްފައިވާކަމަށް، މޯލްޑިވްސް މިނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ރިޒާވް އާއި ޔޫޒަބަލް ރިޒާބް މި އަހަރުގެ ޖުލައި މަހާ އަޅައި ބަލާއިރު އޮގަސްމަހުގައި ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް އެ އަދަދުތައްް ނިމިދިޔަ ސްޕްޓެމްބަރ މަސް ނިމުނު އިރު ވަނީ ދަށަށް ގޮސްފައެވެ.

މި އަހަރުގެ އޮގަސްޓު މަސް ނިމުނު އިރުގައި ރަސްމީ ރިޒާވްގައި ހުރީ444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ގައި ހުރީ61 މިލިއަން ޑޮލަރެވެ. އެމްއެމްއޭގެ އޭޓާބޭސްގައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ371 މިލިއަން ޑޮލަރެވެ. އަދި ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން، ސެޕްޓެމްބަރު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ49 މިލިއަން ޑޮލަރެވެ.

އެގޮތުން ރާއްޖޭގެ ރަސްމީ ރިޒާވްގައި މި އަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ޖުލައި މަސް ނިމުނުއިރު ހުރީ43 މިލިއަން ޑޮލަރެވެ.

ސަރުކާރުން ރާއްޖެ އަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުން ތަކުން އަރައިގަތުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް