ނުރައްކާތެރިކޮށް ލޯންޗު ދުއްވި ތިން ކައްޕިތާނެއްގެ ލައިސަންސް ހިފަހައްޓައިފި

ނުރައްކާތެރިކޮށް ލޯންޗު ދުއްވި ތިން ކައްޕިތާނެއްގެ ލައިސަންސް ހިފަހައްޓާފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވަނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝ...

08 Oct 2024 | 09:27

ނުރައްކާތެރިކޮށް ލޯންޗު ދުއްވި ތިން ކައްޕިތާނެއްގެ ލައިސަންސް ހިފަހައްޓާފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވަނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައުމުން ތަހުގީގު ފަށާފައިވާކަމަށެވެ.

ފުލުހުން އެހެންބުނީ ރަށެއްގެ ފަޅަށް ވަންނަން އައި ދެ ލޯންޗެއް އެއް ލޯންޗު އަނެއް ލޯންޗަށްވުރެ ބާރަށް އަވަހަށް ފަޅަން ވަންނަން ރޭސް ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.

ހޮނިހިރު ދުވަހު ފުލުހުން އިތުރަށް ބުނެފައިވަނީ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ އޯގަސްޓް 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ ތިން ކައްޕިތާނެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު މައްސަލައާއި ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލައިގާ އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް