ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފި

ހުކުރު ދުވަހުގެ ރޭ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ކ. މާލެ، މައްޗަންގޯޅި، މަސްފަން، އުމުރުން 37 އަހަރުގެ މުނީޒް އ...

08 Oct 2024 | 06:58

ހުކުރު ދުވަހުގެ ރޭ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ކ. މާލެ، މައްޗަންގޯޅި، މަސްފަން، އުމުރުން 37 އަހަރުގެ މުނީޒް އެވެ.

ހޮނިހިރު ދުވަހު މެންދުރެއްހާއިރު ފުލުހުން ބުނެފައިވަނީ ދިލްބަހާރު މަގުގައި ހުރި ފިހާރައެއް ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ހުކުރު ދުވަހުގެ ރޭ 10:00 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

"އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި، އެއީ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

މިއަދު ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން މުނީޒް ހައްޔަރުކޮށްފައިވާއިރު ޝަރީއަތް ނިމެންދެން މުނީޒް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް