ޓިކްޓޮކްގައި "ބިލީވް މީ ސެންސް މޭކް" އެ ބަސްކޮޅުން މަޝްހޫރު، މަގްބޫލުކަން ހޯދާފައިވާ އާސިމް ވަހީދު (ޗިން) މިއަދު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.
ޗިން ވަނީ އޭނާގެ ޓިކްޓޮކް ސްޓޯރީގައި އެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން ޗިން ބުނެފައިވަނީ މިއަދު އޭނާ މާވަހަރެއް ހޮވާފައިވާކަމަށެވެ.
މިކަމަށް އިތުރު މައުލޫމާތު ހޯދަން ޗިން އާ ގުޅާލަން ދުވަސް އިން ކުރި މަސައްކަތް، ޗިން ފޯނު ނުނަގާތީ އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ފޮޓޯއިން ފެންނަ ފެނުމަށް ބަލާއިރު ޗިން ހޮވާފައިވަނީ މާވަހަރުގެ ވައްތަރެއް ކަމުގައިވާ ހުދަންބަރެއް ކަމުގައި ބެލެވެއެވެ.
މާފުށީގައި ހުންނަ ވައިޓް ބީޗް ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ އާސިމްއަކީ "ހެލޯ ވޯލްޑް، ބިލީވް މީ ސެންސް މޭކް" މި ލައިންތަކާއެކު ޓިކްޓޮކްގައި އޭނާ މަސައްކަތްކުރާ ވައިޓް ބީޗް ވޯޓާ ސްޕޯޓްސް އާއި މާފުށި އަދި ރާއްޖެ ޕްރޮމޯޓްކުރަމުން އަންނަ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް