އެމެރިކާ-ޗައިނާ ޓެކް ހަނގުރާމައިގައި އާރްއައިއެސްސީ-ވީ ޓެކްނޮލޮޖީ ގެ ވާދަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ސެނެޓަރުން އަދިވެސް މަސައްކަތްކުރަނީ ޗައިނާއަށް އިތުރަށް ދަތިކުރަން ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.
ޗައިނާގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އޯޕަން ސޯސް ޗިޕް ޓެކްނޮލޮޖީއެއް ކަމަށްވާ އާރްއައިއެސްސީ-5 ގައި އެމެރިކާގެ ކުންފުނިތަކަށް ހުރަސް އެޅުމަށް ސެނެޓަރުން ކަމަށްވާ މާކޯ ރޫބިއޯ އާއި މާކް ވޯނާ ހިމެނޭ ގޮތަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ބައިޑަންގެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
ޗައިނާއިން ދަނީ އެމެރިކާގެ ސެމިކޮންޑަކްޓަރ އިންޑަސްޓްރީ ކުރިއެރުވުމަށް އެމެރިކާގެ ކުންފުނިތަކުގެ މެދުގައި ހުޅުވާލެވިފައިވާ އެއްބާރުލުން ބޭނުންކޮށް، ޗިޕް ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާ އަށް ލިބިފައިވާ ކުރިއެރުމަށް ބުރޫ އަރާ، ޗައިނާގެ އަސްކަރީ ޒަމާނީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިއީ އެމެރިކާ އާއި ޗައިނާގެ ޓެކް ހަނގުރާމައިގެ އެންމެ ފަހުގެ ކުރިއެރުން ރަމްޒުކޮށްދޭ ފިޔަވަޅެކެވެ. އާރްއައިއެސްސީ-5 އަކީ ސްވިޒަލޭންޑްގެ ފައިދާ ނުކުރާ ފައުންޑޭޝަނަކުން ބަލަހައްޓަމުން އަންނަ ކުންފުންޏަކަށް ވާއިރު، އެންމެ ފުރަތަމަ ފަންޑު ކުރީ ޕެންޓަގަންގެ ޑާޕާ އިންނެވެ.
ފިޔަވަޅުތައް އެޅިއްޖެނަމަ، އޯޕަން ޓެކްނިކަލް ސްޓޭންޑަޑްތަކުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ގޯސްވެ، ޗައިނާގެ ޗިޕް ސެލްފް-ފުދުންތެރިކަމާއި، އިތުރު ވަރސަޓައިލް ޗިޕްސް އުފެއްދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް