ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއެސްއައިއޭ) ގެ ތިން ވަނަ ޓާމިނަލް ބޮޑުވަޒީރު ޝެއިހް ހަސީނާ ހުޅުއްވައިދެއްވައިފި އެވެ.
މި އާ ޓާމިނަލަކީ ބަންގްލަދޭޝްގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ބަދަލުކޮށް، ދުނިޔޭގެ ފެންވަރުގެ ފަސިންޖަރުންގެ ހިދުމަތް ތައް ފޯރުކޮށްދީ، ރައްކާތެރިކަން އިތުރުކުރުމަށް ތައްޔާރުވެފައިވާ ޓާމިނަލެކެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި މި ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވައި ޝައިޚް ހަސީނާ ވަނީ "ހުވަފެންތައް ހަގީގަތާއި ގުޅުވާލުމުގެ" މޮޓޯއަށް އަލިއަޅުއްވާލައްވާފައެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަލަށް އިމާރާތްކުރި ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއެސްއައިއޭ) ގެ ތިން ވަނަ ޓާމިނަލް އިފްތިތާހުކޮށްދެއްވީ ދުނިޔޭގެ ފެންވަރުގެ ފަސިންޖަރުންގެ ހިދުމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިވިލް އޭވިއޭޝަން އެންޑް ޓުއަރިޒަމް މަހުބޫބު ޢަލީއާއި، ޖަޕާނުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މަސާހިރޯ ކޮމުރާއާއި، ސެކްރެޓަރީ ސިވިލް އޭވިއޭޝަން އެންޑް ޓުއަރިޒަމް މޮކަމަމެލް ޙުސައިން އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ބަންގްލަދޭޝް (ސީއޭއޭބީ)ގެ ޗެއަރމަން ވައިސް ވައިސް މާޝަލް އެމް މުފިދުރު ރަޙްމާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޖަޕާނުގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗާ، ޓްރާންސްޕޯޓް އެންޑް ޓުއަރިޒަމްގެ ސައިޓޯ ޓެޓްސޫ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެއަށްފަހު ބޮޑުވަޒީރު ވަނީ ޓާމިނަލް-3 ގެ އެކި ސެކްޝަންތަކަށް ޒިޔާރަތްކުރައްވައި އެތަނުގެ އެކި ޑިޕާޓްމަންޓްތައް ބައްލަވާލައްވައި ފެސިލިޓީތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައެވެ.
އަދި މީގެ އިތުރުން ބެގޭޖް ޗެކިން މެދުވެރިކޮށް އިމިގްރޭޝަން ކްލިއާ ކުރުމަށް ބޭއްވި ޑްރެސް ރިހާސަލްގައި ވެސް ބައިވެރިވެ، ފަހުން ބޯޑިން ޕާސް ދީފައިވެ އެވެ. މި ހަރަކާތުގައި ތިން ވަނަ ޓާމިނަލްގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީއެއް ދައްކާފަ އެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހަރަކާތްތަކާ ގުޅޭ އިތުރު ވީޑިއޯ ޑޮކިއުމެންޓްރީއެއް ވެސް ވަނީ ދައްކާފަ އެވެ.
ޑާކާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގެ ގާތްގަނޑަކަށް 90 ޕަސެންޓް ނިމިފައިވާއިރު ބާކީ ހުރި މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ.
ސިސްޓަމް އިންޓަގްރޭޝަން އަދި ކެލިބްރޭޝަން ނިމުމުން އަންނަ އަހަރު ނިމުމުގެ ކުރިން ތިން ވަނަ ޓާމިނަލް ފަސިންޖަރުންނަށް ބޭނުން ކުރުމަށް މުޅިން އޮޕަރޭޓް ކުރެވޭނެ އެވެ.
ތިން ވަނަ ޓާމިނަލްގެ ޑަބަލް އެންޓްރީ ބްރިޖާއެކު 12 ބޯޑިން ގޭޓް އަންނަ އަހަރުގެ ތެރޭގައި އޮޕަރޭޓް ކުރަން ފަށާނެ ކަމަށާއި އިތުރު 14 ބޯޑިން ބްރިޖް ފަހުން ބަހައްޓާނެ ކަމަށް ބެލެވެ އެވެ.
21،300 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން ތިންވަނަ ޓާމިނަލް ގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން 5،000 ކްރޯޑް ރުޕީސް ސަރުކާރުން ހަރަދުކޮށްފައިވާއިރު، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އެ ބެލެންސް ފޯރުކޮށްދެ އެވެ.
542،000 އަކަ މީޓަރުގެ ސަރަހައްދެއް ހިމެނޭ ގޮތަށް ހަދާ ތިން ވަނަ ޓާމިނަލްގައި 230،000 އަކަ މީޓަރުގެ ފްލޯ ސްޕޭސް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި 115 ޗެކް އިން ކައުންޓަރު، 66 ޑިޕާޗާ އިމިގްރޭޝަން ޑެސްކް، 59 އެރައިވަލް އިމިގްރޭޝަން އަދި ތިން ވީއައިޕީ އިމިގްރޭޝަން ޑެސްކް ހުންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
ތިންވަނަ ޓާމިނަލް މުޅިން ހިންގަން ފެށުމުން ޑާކާ އެއާޕޯޓުގެ އަހަރީ ޕެސެންޖަރު އަދި ކާގޯ ހޭންޑްލިން ކެޕޭސިޓީ ދެގުނަ އަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް