މިސްރުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ އަލްޤާހިރާ ނިއުސް ޗެނަލުން ބުނީ މިސްރުގެ ފުލުހަކު އެލެގްޒެންޑްރިއާގައި އިޒްރޭލުގެ ދެ ފަތުރުވެރިއެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް މި ހާދިސާގައި މިސްރުގެ ރައްޔިތަކު މަރުވެ، އިތުރު މީހަކު ވަނީ ޒަހަމްވެފަ އެވެ.
ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ އަތުލައިގަނެ، ކަމާބެހޭ ފަރާތްތަކުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
އަލްމަންޝޭޔާ އަވަށުގެ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މި ފުލުސް މީހާ "ރެންޑަމްކޮށް" ބަޑިޖެހާފައި ވަނީ އިޒްރޭލުގެ ޓޫރިސްޓުންތަކެއް ޕޮމްޕޭސް ތަނބު ބިނާއަށް ޒިޔާރަތް ކުރަމުން ދަނިކޮށެވެ.
މި ހާދިސާ ހިނގާފައި މިވަނީ ހަމާސް ޖަމާއަތުން އިސްރާއީލުގެ ސިޓީތަކަށް ދިން ހައިރާންކުރުވަނިވި ފުލް ސްކޭލް ހަމަލާއެއްގައި އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު މަރާލައި، އެތައް ސަތޭކަ ބަޔަކު ހިފަހައްޓާފައި ވަނިކޮށް އިޒްރޭލުން "ހަނގުރާމައިގެ ހާލަތު" އިއުލާނުކޮށްފައިވާތާ އެއް ދުވަސް ފަހުން ނެވެ.
ފަލަސްތީނާއި އިސްރާއީލުގެ ހަނގުރާމަވެރިންނާ ދެމެދު ބަޑީގެ ހަމަލާތައް އާދީއްތަ ދުވަހު ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް