ޕްރިމިއަމް ސަބްސްކްރިޕްޝަނާ ނުލައި އެޑް-ބްލޮކަރު ބޭނުން ކުރާނަމަ ޔޫޓިއުބް ދެން މަސައްކަތް ނުކުރާނެ ކަމަށާއި، ފްރީއެކައުންޓް ތަކުން އިޝްތިހާރު ނުފެންނަގޮތް ހަދާނަމަ މައްސަލަ ދިމާވާނެކަމަށް ޔޫޓިއުބުން ބުނެފިއެވެ.
ޔޫޓިއުބްގެ ވެބް ބްރައުޒާތަކުގައި އެޑް-ބްލޮކަރު ބޭނުންކުރާ މީހުންނަށް އެ ކުންފުނީގެ ވީޑިއޯ ކޮންޓެންޓަށް ވަނުމަށް ހުރަސް އެޅޭ އާ ފީޗާއެއް މިހާރުދަނީ ޓެސްޓު ކުރަމުންނެވެ.
މިހާރު ޓެސްޓެއްގެ ގޮތުގައި ދުނިޔޭގެ އެންމެ މަގުބޫލު ވީޑިއޯ ވެބްސައިޓުން އަންނަނީ ބައެއް މީހުންނަށް އިޝްތިހާރު ބްލޮކަރު ބޭނުން ނުކުރުމަށް އަންގަމުންނެވެ.
މި ޓެސްޓުގެ ސަބަބުން މިހާރު އަސަރު ކުރަނީ މަދު އަދަދެއްގެ މީހުންނަށް ކަމަށް ވިޔަސް، އިޝްތިހާރުތަކާ ނުލައި ޔޫޓިއުބަށް ވަނުމަށް ފަސޭހަ މެތަޑަކުން ދުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މެދުކެނޑުމެއް ނެތި އެކްސެސް ހޯދުމަށް ޓަކައި އެޑް ބްލޮކަރުތައް ޑިސެބަލް ކުރަން ނުވަތަ ޔޫޓިއުބް ޕްރިމިއަމް ސަބްސްކްރައިބް ކުރަން ޖެހެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ބްރައުޒާގައި އެޑް ބްލޮކަރެއް ބޭނުންކުރާނަމަ، ޔޫޓިއުބްގެ ވީޑިއޯ ކެޓަލޮގް ޑިސެބަލް ކޮށްގެން ނޫނީ ނުވަތަ ޔޫޓިއުބް ޕްރިމިއަމް ސަބްސްކްރިޕްޝަނެއް ގަނެގެން ނޫނީ ނުހުޅުވޭނެ އެވެ.
މިއީ ޔޫޓިއުބުން އިޝްތިހާރު ކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި އިޝްތިހާރުތަކުން ލިބޭ އާމްދަނީ ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ދައްކުވައިދޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް