ފޭރުމަށްފަހު ފިލަން ދުއްވި ސައިކަލެއް އެކްސިޑެންޓްވެ އެކަކު ހަބަރު ހުސް !

ފޭރުމަށްފަހު ފިލަން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ އެއިން އެކަކު ހަބަރު ހުސްވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނީ މިރޭ 07:02 ހާއިރު ދެ ސައިލެއްޖެހި އެކް...

08 Oct 2023 | 16:40

ފޭރުމަށްފަހު ފިލަން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ އެއިން އެކަކު ހަބަރު ހުސްވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނީ މިރޭ 07:02 ހާއިރު ދެ ސައިލެއްޖެހި އެކްސިޑެންޓެއް ވެގެން އުޅޭކަމުގެ ރިޕޯޓް ލިބިގެން އެޓެންޑްވިއިރު އެއް ސައިލަކީ ފޭރުނު ބަޔަކު ފިލަން ބޭނުންކުރި ސައިކަލެއްކަން އެނގުނު ކަމަށެވެ.

"ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ދެމީހަކު ވެގެން ފޭރުނީ ފަތުރުވެރިއެއްގެ އަތުންނެވެ. ފިލަން ދުއްވަނިކޮށް އެކްސިޑެންޓް ވެގެން އެކަކު ދުވެ ފިލީ ކަމަށާއި ފަހަތުގައި އިން މީހާ ހަބަރު ހުސްވެ ބިންމައްޗަށް ވެއްޓިފައި އޮތްކަމަށްވެސް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް