ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެ މަޖިލީހަށް ވައްދަން އުޅޭ މައްސަލަ ބަލައިގަތުމަށް އިއުތިރާޒުކޮށްފާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވައިފިއެވެ.
ރައީސް ނަޝީދު މިފަދަ އިޝާރާތެއް ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތްކަމުގެ އެއް މައްސަލަ ކަމަށެވެ.
"މިފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި ކަމަށާއި ދެން ވާނީ އަންނަ ދައުރުގައި ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި، އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ލިޔެފައިވެއެވެ. އެއް ދައުރެއްގައި ދެ ފަހަރަށް ހުށަނޭޅޭނެކަމަށް އޭގައި ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް