އިޒްރޭލުން ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފި

އިޒްރޭލަށް ސިހުންގެނުވި ހަމަލާއަށްފަހު އެ ގައުމުން ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފިއެވެ. ހަނގުރާމަ ރަސްމީކޮށް އިއުލާނުކޮށްފައިމިވަނީ އެ ގައުމުގެ ސެކިއުރިޓީ ކެބިނެޓުންނެވެ. އެގޮތުން މިހާރު އެ ގައުމު...

08 Oct 2023 | 14:33

އިޒްރޭލަށް ސިހުންގެނުވި ހަމަލާއަށްފަހު އެ ގައުމުން ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފިއެވެ.

ހަނގުރާމަ ރަސްމީކޮށް އިއުލާނުކޮށްފައިމިވަނީ އެ ގައުމުގެ ސެކިއުރިޓީ ކެބިނެޓުންނެވެ.

އެގޮތުން މިހާރު އެ ގައުމުގެ އަސްކަރިއްޔާއަށް ފުލް ސްކޭލްގައި ހަނގުރާމަ ކުރިއަށްގެންދިއުމުގެ ބާރު ލިބިގެންދިޔައީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފައިވާއިރު ހަމާސް އިސްވެ އޮވެ އިއްޔެ ދިން ވަރުގަދަ ހަމަލާއިން އަދިވެސް އިޒްރޭލަށް އުޅެނީ އަރައި ނުގަނެވިގެންނެވެ. އަދިވެސް ހަމާސް އާއި ހަމާސް އަށް ވާގިވެރިވާ ހަނގުރާމަވެރިން އަންނަނީ އިޒްރޭލުގެ ބިމުގައި އިޒްރޭލުގެ ސިފައިންގެ ސަފުތަކާއި ހަނގުރާމަ ކުރަމުންނެވެ.

މިއީ ފާއިތުވި ތިން ދަހަރުތެރޭގައިވެސް ގާޒާއިން އިޒްރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމުގައިވާއިރު އިޒްރޭލުން މަރުވި މީޙުންގެ އަދަދު ވަނީ 600 އިން މައްޗަށް ގޮސްފައެވެ. އަދި ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 370 އިން މައްޗަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް