އުރީދޫ މޯލްޑިވްސް އިން ހުޅުމާލެ، ރެޑްވޭވް މޯލްގައި އުރީދޫ ގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުވައިފިއެވެ.
އުރީދޫ އިން ބުނާ ގޮތުގައި ރެޑްވޭވް މޯލްއާ އެކު ކުރިއަށް ގެންދާ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަގްސަދަކީ ކަސްޓަމަރުންނަށް މޯލްގައި ޝޮޕިން ކުރާއިރު ލުއިފަސޭހަކަމާއި އުރީދޫ ގެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ރެޑްވޭވް މޯލްގައި ހުޅުވުނު ޝޮޕް އިން ޝޮޕް ކައުންޓަރުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި، އުރީދޫ ބިލްތައް ދެއްކުމާއި، ސުޕަނެޓްގެ ހިދުމަތް ހޯދުމާއި، އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ހޯދުމުގެ އިތުރުން އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
ހަމައެފަދައިން، ކޭޝްލަސް އަދި އަވަސް ޕޭމަންޓް ސޮލިއުޝަންއެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލް އަދި ރެޑްވޭވް ގެ އެހެން ފިހާރަތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫ އިން ފާހަގަކޮށްލައެވެ.
މިއީ އުރީދޫގެ އައުޓްލެޓަކަށް އިތުރު ދަތުރެއް ނުކޮށް ރެޑްވޭވް މޯލުން ވިޔަފާރި ކުރަން ދާ ބޭފުޅުންގެ އަގުހުރި ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުވިފައިފާ ޝޮޕެއް ކަމަށް އުރީދޫ އިން ބުނެއެވެ.
"ރެޑްވޭވް މޯލްގައި އަޅުގަނޑުމެންގެ ޝޮޕް އިން ޝޮޕް ކައުންޓަރު ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓްރެޓެޖިކް ޕާޓްނަރޝިޕަކީ ކަސްޓަމަރުންގެ ދިރިއުޅުން ގުޅާލައި މުއްސަނދިކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ޕާޓްނާޝިޕެއް. މީގެ ސަބަބުން ރެޑްވޭވް މޯލްއިން ޝޮޕިން ކުރާ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން އުރީދޫގެ ހިދުމަތްތައްވެސް ލިބގަނެ ފުރިހަމަ ޝޮޕިންގ ތަޖުރިބާއެއް ލިބިގެންދާނެ." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރަށް، ރެޑް ވޭވް މޯލްގެ ޖެނެރަލް މެނޭޖަރ، މުހައްމަދު ޝުޖާއު މި ޕާޓްނަރޝިޕާ ބެހޭގޮތުން ޚިޔާލުތައް ޙިއްޞާކުރައްވަމުން ވިދާޅުވީ އުރީދޫ މޯލްޑިވްސްއަށް މޯލަށް މަރުޙަބާ ދެންނެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި މި ޝޮޕް އިން ޝޮޕް ކައުންޓަރުން ރެޑްވޭވް މޯލްގައި ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ރެޑް ވޭވްގެ އަގުހުރި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރެޑްވޭވް މޯލްގައި ހުންނަ އުރީދޫގެ ޝޮޕް-އިން-ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނަނީ މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައި ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އަދި މި ކައުންޓަރުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެލެކޮމިއުނިކޭޝަންސް ގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އުރީދު އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް