ޔާމީނުގެ އިސްތިއުނާފުގެ އަޑުއެހުން ޕީޖީއިން އެދިގެން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި ކޯޓުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ. އަޑުއެހުން ތާވަލުކޮ...

08 Oct 2023 | 11:13

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި ކޯޓުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 އަށްށެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން އެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ ބަހެއް ނުލިބޭތީ އަޑުއެހުން ކެންސަލް ކުރަން އެ އޮފީހުން އެދުނު ސަބަބެއް އަދި ސާފެއް ނުވެއެވެ.

އިންތިހާބީ ރައީސް މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދެންނެވުމާއެކު، ޔާމީން ވަނީ ގޭބަންދަށް ބަދަލު ކުރައްވައިފަ އެވެ.

އެގޮތުން މި ވަގުތު އެމަނިކުފާނު ގޭބަންދުގައި ހުންނެވިއިރު ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު މިނިވަން ކުރުމަކީ އިންތިހާބީ ރައީސް މުއިއްޒު ކުރެއްވި ވައުދެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މެދު ތެރޭގައި އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައެވެ.

މި ދައުވަގައި ހިމެނޭ 52 މިލިއަންރުފިޔާ އިން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވާއިރު މިމައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް