މާވަށު ދާއިރާއަށް މުސްއަބް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާއަށް ކުރިމަތިލައްވާނެކަން މުސްއަބް އަބްދުﷲ (މުސްއަބް) އިއުލާނުކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ކުރިން އަދާކުރ...

08 Oct 2023 | 11:06

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާއަށް ކުރިމަތިލައްވާނެކަން މުސްއަބް އަބްދުﷲ (މުސްއަބް) އިއުލާނުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ކުރިން އަދާކުރެއްވި މުސްއަބް މިކަން އިއުލާނުކުރެއްވީ އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.

މުސްއަބްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާވަށު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ނިންމަވާފައިވާނެކަމަށާއި ދާއިރާގެ އެންމެހާ ރައްޔިތުންގެ ސަޕޯޓާއި އެއްބާރުލުމަށް އެދޭ ވާހަކަ އިޚްލާސްތެރި ކަމާއެކު ދަންވާކަމަށެވެ.

މިހާރު ކުރިއަށް މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރުކަން ކުރައްވަމުންގެންދަވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް