މާކަނާޝޯގައި އަލަށް ހިމަނާ މުއިއްޒުގެ ކެރެކްޓަރގެ ފޮޓޯ މުއިއްޒުއަށް އަރުވައިފި

ދިވެހިންގެ ތެރޭގައި މަގްބޫލް 'މާކަނާ ޝޯ'ގައި އަލަށް ހިމަނާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެރެކްޓަރގެ ފޮޓޯއެއް އެމަނިކުފާނަށް އަރުވައިފިއެވެ. ޝޯގެ ޕްރޮޑިއުސަރ ޔާމީން ރަޝީދު މި ފޮޓޯ ހިއްސ...

08 Oct 2023 | 09:18

ދިވެހިންގެ ތެރޭގައި މަގްބޫލް 'މާކަނާ ޝޯ'ގައި އަލަށް ހިމަނާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެރެކްޓަރގެ ފޮޓޯއެއް އެމަނިކުފާނަށް އަރުވައިފިއެވެ.

ޝޯގެ ޕްރޮޑިއުސަރ ޔާމީން ރަޝީދު މި ފޮޓޯ ހިއްސާކުރަމުން ބުނީ، ޑރ. މުއިއްޒުއާ ބައްދަލުވުމުން ނުހަނު އުފާކުރާ ކަމަށެވެ.

ޔާމީން ބުނީ، ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި، މާކަނާ ޝޯގައި ހިމަނާ އާ ވާހަކަތަކާމެދު މަޝްވަރާ ކޮށްފައި ވާނެ ކަމަށެވެ. އަދި މިފަދަ އެޑިއުކޭޝަނަލް ވާހަކަތަކެއް އާއްމުންނަށް ގެނެސްދިނުމަކީ މުހިންމުކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވާކަމަށް ޔާމީން ބުންޏެވެ.

މާކަނާ ޝޯ ގައި ޑރ. މުއިއްޒުގެ ކެރެކްޓަރ ހިމަނަން ނިންމާފައި ވާކަން ފުރަތަމަ އިއުލާނު ކުރިއިރު ފޮޓޯގައި ވަނީ ފިޔާތޮށި ޓައީ އެކެވެ. ނަމަވެސް މިހާރު އެ ޓައީގެ ކުލަ ވަނީ ޕީއެންސީގެ ކުލަ ކަމުގައިވާ ނުލަށް ބަދަލު ކޮށްފައެވެ.

ޑރ. މުއިއްޒުގެ ކެރެކްޓަރގެ ފޮޓޯ ސޯޝަލް މީޑިޔާގައި އާއްމު ކުރުމާއެކު، އެ ކެރެކްޓަރގެ ނަމަކީ ކޮބައިތޯ އާއްމުން ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް އަދި އެ ކެރެކްޓަރގެ ނަން އާއްމު ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް