އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޓޭންޑަކީ ބޭރު ގައުމެއްގެ ސިފައިންގެ ބޫޓު ޖޯޑަކަށްވެސް ދިވެހި ފަސްގަނޑުން ފުރުސަތު ނުދިނުން ކަމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ އިންތިގާލީ މަރުހަލާގެ އަދާހަމަ ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒުއާ ހަވާލާދެއްވާ އިންޑިއާ ސިފައިންގެ 75 ބޭކަލަކު މިތާ ތިބުމަށް އިންތިހާބީ ރައީސް ރުހިވަޑައިގަންނަވާނެކަމަށް މިފަދަ މޭރުމަކުން ވާހަކަ ރައީސް ނަޝީދު ވާހަކަ ދައްކާފައިވާއިރު އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި އެފަދަ ކަމެއް ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި އެއީ އިންތިހާބީ ރައީސާ މަޝްވަރާ ކުރެވިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫންކަމުގައިވެސް ތަރުޖަމާނު ވިދާޅުވިއެވެ.
"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ސްޓޭންޑަކީ އިންޑިއާ ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓު ޖޯޑެއްވެސް ދިވެހި ފަސްގަނޑުގަ ހުރުމަކަށް ދުވަހަކުވެސް ނުރުހެވޭނޭ" ތަރުޖަމާނު ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ އެއީ ދިވެހި ރައްޔިޔުންގެ ނިންމުން ކަމަށާއި އަދި އެއީ އިންތިހާބީ ރައީސްގެ ސާފު ސަރީހަ ސްޓޭންޑްވެސް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް