މިއީ ފަލަސްތީނުގެ މުސްލިމުންގެ ދިފާއުގައި އިއްޔެ ހަމާސް ޖަމާއަތުން އިސްވެ އޮވެ އިޒްރޭލާއި ދެކޮޅަށް ފެށި ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު ދުވަހުގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ދުވަސް އިން ކުރިއަށްގެންދާ ލައިވް ބްލޮގެކެވެ.
އިއްޔެ ކުރުކޮށް:-
އިއްޔެގެ ހެނދުނު 06:30 ހާއިރު ހަމާސް އިން އިޒްރޭލަށް އަމާޒުކޮށް ފުލުފުލުގައި އެތައް ހާސް މިސައިލެއް ފޮނުވާލިއެވެ. އަދި ހުއްޓުމެއްނެތި ގަޑިއިރުތަކެއް ވަންދެން ދެމުންދިޔަ އެ މިސައިލުތަކުގެ ނިވަލުގައި ވަޔާއި ކަނޑު އަދި އެއްގަމު މަގުން ހަމާސް އާއި ހަމާސްއަށް ވާގިވެރިވާ ހަނގުރާމަވެރިން އިޒްރޭލަށް ވަދެގަނެ ހަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. އިޒްރޭލުގެ ޑިފެންސް މެކޭނިޒަމް ފެއިލްކޮށްލިއެވެ. އެތައް ސަރަހައްދެއްގައި ހަމަލާތައް ބަދަލުކުރެވެމުންދަނިކޮށް އިޒްރޭލުންވެސް ގާޒާއަށް ހަމަލާތައް ދޭން ފެށިއެވެ. އިއްޔެ ނިމުނު އިރު އިޒްރޭލުގެ 250 އަށްވުރެ ގިނަ މީހަކު އަދި ފަލަސްތީނު/ގާޒާގެ 236 މީހަކު މި ހަނގުރާމައިގާ މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް