މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ދަ ޑިމޮކްރެޓްސްއިން ކެނޑިޑޭޓަކު ނެރެން އެ ޕާޓީން ނިންމައިފިއެވެ.
މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަަމަށް ހޮވިފައެވެ. އެހެންކަމުން މާލޭ މޭޔަރަކު އަލުން ހޮވަން ޖެހެއެވެ.
ޑިމޮކްރެޓްސްގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.
އަދި މާލޭ މޭޔަރު ކަމަށް ޕާޓީގެ ފަރާތުން ކުރިމަތިލާނީ ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތެއް ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ސައިފް ފާތިހް ވަނީ ޝައުގުވެރިކަން ފާޅު ކޮށްފައެވެ. އަދި އެ މަގާމަށް ސައިފްގެ ކެމްޕޭން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް