އެކްސިޑެންޓަށްފަހު ފަރުވާދެމުން ދަނިކޮށް އަމީންގެ ބައްޕަ ނިޔާވެއްޖެ

ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ ބައްޕަ، އަހްމަދު މަނިކު ނިޔާވެއްޖެ ކަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރިޕޯޓްކޮށްފިއެވެ. އުމުރުން 74 އަހަރުގެ އަހްމަދު މަނިކު ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވ...

08 Oct 2023 | 02:08

ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ ބައްޕަ، އަހްމަދު މަނިކު ނިޔާވެއްޖެ ކަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރިޕޯޓްކޮށްފިއެވެ.
އުމުރުން 74 އަހަރުގެ އަހްމަދު މަނިކު ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.
އެ އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވާގޮތުގައި ޗައިނާ އެމްބަސީ ކައިރީގައި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަހްމަދު މަނިކު އެކްސިޑެންޓްވީ އިޝާ ނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީގައެވެ. އެ އެކްސިޑެންޓްގައި އަހްމަދު މަނިކުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަހްމަދު މަނިކަކީ އަމީންގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަމީތުގެވެސް ބައްޕައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް