ރޭގެ ދަންވަރު ވަގުތެއްގައި ހިޔާ ފްލެޓެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހއ. ދިއްދޫ، ސަމަންވިލާ މުހައްމަދު އައިހަމް އިސްމާއިލް އެވެ.
ފުލުހުން ރޭގައި ބުނެފައިވަނީ އެ ކަމުގެ ރިޕޯޓް ލިބުނީ 11:58 ހާއިރު ކަމަށާއި އެ ކުއްޖާ ވެއްޓުނީ H06 ގެ 12 ވަނަ ފަންގިފިލާއިން ކަމަށެވެ.
އުމުރުން 15 އަހަރުގެ އެ ކުއްޖާ ނިޔާވި ކަމަށް ހޮސްޕިޓަލުން އެންގީ އޭގެ ގަޑިއެއްހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.
މިއީ ހުޅުމާލެ ފޭޒް ދޭއްގައި ވަރަށް އުސްކޮށް ގާއިމްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.
ނިޔާވި އައިހަމްގެ ކަށުނަމާދު މިއަދު ހެނދުނު 10:00 ގައި މަސްޖިދު ޒައިދުބިން ޘާބިތު (ހުޅުމާލެ ސަހަރާ) މިސްކިތުގައި ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް