އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ތާވަލްގެ ހަތަރުވަނައަށް ޗެލްސީން ޖެހިލައިފިއެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޗެލްސީން ލަނޑުޖަހާ ލީޑުނެގީ މެޗުގެ ފުރަތަމަ ހާފު ނިމެން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީން ލީޑު ނެގީ ކައި ހަވަޓްސްގެ ލަނޑުންނެވެ. ޗެލްސީގެ ދެވަނަ ލަނޑު ފަހުހާފުގެ 54 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ކާމިޔާބު ކޮށްދިންއިރު، ޗެލްސީގެ ފަހު ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާމަންޑް ބްރޮހާއެވެ.
މި މޮޅާއި އެކު ޗެލްސީން ހަތަރުވަނާގައި އޮތީ އަށް މެޗުން 16 ޕޮއިންޓް ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް