އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޕްޓަން އާއި ދެކޮޅަށްް ކުޅުނު މެޗު ފަސޭހަކަމާއި އެކު މެންޗެސްޓާ ސިޓީ އިން ކާމިޔާބު ކޮށްފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި ސައުތުހެމްޓަންއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހާ ސީޓިން ލީޑުނެގީ މެޗުގެ 20 ވަނަ މިނެޓުގައި ފޮޑެންގެ އެހީތެރިކަމާއި އެކު ޖާއޯ ކާންސެލޯއެވެ. ޑިބްރެއިނާގެ އެހީތެރިކަމާއި އެކު ސިޓީގެ ދެވަނަ ލަނޑު ފޮޑެން ކާމިޔާބު ކުރިއިރު، ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ރިޔާދް މަހހުރޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ރޮޑްރީގެ އެހީތެރިކަމާއި އެކުގައެވެ. ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ65 ވަނަ މިނެޓުގައި ކާންސެލޯގެ އެހީތެރިކަމާއި އެކު ކާމިޔާބު ކުރީ އާލަން ހާލަންޑްއެވެ.
މިރޭގެ މި މޮޅާއި އެކު ސިޓީ ވަނީ ކުޅުނު ނުވަ މެޗުން ލިބުނު 23 ޕޮއިންޓް ހޯދާ ތާވަލްގެ އެއްވަނައަށް ހެހިލާފައެވެ. ދެވަނައިގައި އޮތީ އާސެނަލްއެވެ. އާސެނަލް ދެވަނާގައި އޮތީ އަށް މެޗުން ވަނީ 21 ޕޮއިންޓާއި އެކުގައެވެ. މާދަމާ ރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް، އަނެއްކާވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އާސެނަލް އަށް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް