ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގދ.ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްވިމިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މިދިޔަ ސެޕްޓ...

08 Oct 2022 | 17:26

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގދ.ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްވިމިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މިދިޔަ ސެޕްޓެމްބަރ 22 އިން އޮކްޓޯބަރ 4 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އެ ސްކޫލުގެ ގުރޭޑް 1 އިން ފެށިގެން ގުރޭޑް 8 އާ ހަމައަށް ކިޔަވަމުންދާ 124 ދަރިވަރުން ބައިވެރިވިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ހުވަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސްވިމިންގ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޓްރެއިނިންގ އެންޑް އޮޕަރޭޝަންސް އޮފިސަރ (އެސް3) މޭޖަރ ޢިއްޒަތުﷲ އެވެ. މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމެއް ހިންގައިދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ސްކޫލުގެ ފަރާތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ހިންގި ސްވިމިންގ ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް