އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި

މުހަައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް އަޒްހާން އެނބުރި ނުގޮސްގެން ފުލުހުންނަށ...

08 Oct 2022 | 15:03

މުހަައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް އަޒްހާން އެނބުރި ނުގޮސްގެން ފުލުހުންނަށް ރިޕޯޓު ކުރީ 19 ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުން އޭނާ ހޯދުމުގެ އޮޕަރޭޝަން ފެށި ފަހުން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި ޓެކްސީއެއްގައި ގޮސް އޭނާ އެންމެ ފަހުން ފައިބާފައި ވަނީ ހުޅުމާލޭ ރެޑްބުލް ދަނޑު ސަރަހައްދަށެވެ.

އޭގެ ފަހުން ހިންގި އޮޕަރޭޝަންގައި އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ސަހަރާ ބިއްދޮށުގައި އޮންނަ ބޯ ގަސްތަކުގެ ތެރެއިންނެވެ. ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނުނީ މިމަހުގެ ދެ ވަނަ ދުވަހު ހަވީރު 5:45 ހާއިރު ކުނިވެފައި އޮއްވަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޒްހާން މަރުވި ގޮތް ދެނެގަތުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިއަދު ކަމަށެވެ. އާންމުކޮށް ޕޯސްޓްމޯޓަމް ހަދަން ފޮނުވަނީ އިންޑިއާގެ ޓްރިވެންޑްރަމްއަށެވެ.

ފުލުހުން ބުނީ ހަށިގަނޑު ފެނުނު ސަރަހައްދުން އޭނާގެ ފޯނު ފެނިފައިވާ ކަމަށެވެ. އެކަމަކު މީހަކު އަޒްހާން މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެތް ފެންނަން ނެތް ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަނީ މަރުގެ މައްސަލައެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް