މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ،ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ އިއްޔެ ތުރާކުނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ އާއި ރައްޔިތުންގެ މަޖްލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ތުރާކުނު ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.
300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއަށް މައިކްރޯން ޕްރިވެޓް ލިމިޓެޑާއެވެ.
365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި ޕްރޮޖެކްޓް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 23 މާރޗް 2022 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް