"ސްރިވައްލީ" ހުރީ ބޮލިފުށީގައި، ފުރަތަމަ ފޮޓޯ ސަޕޯޓަރުންނަށް ދޫކޮށްލައިފި

ޕުޝްޕާ: ދަ ރައިޒްގައި "ސްރިވައްލީ" ގެ ރޯލު ކުޅުނު ރަޝްމިކާ މަންޑަނާ ރާއްޖެއަށް ކުރަމުންދާ ޗުއްޓީ ދަތުރުގެ ފުރަތަމަ ފޮޓޯ ސަޕޯޓަރުންނަށް ދޫކޮށްލައިފިއެވެ. އެ ފޮޓޯގައި ފެންނަނީ ޕޫލެއްގެ ކައިރީގައި ކޮއްތު...

08 Oct 2022 | 14:27

ޕުޝްޕާ: ދަ ރައިޒްގައި "ސްރިވައްލީ" ގެ ރޯލު ކުޅުނު ރަޝްމިކާ މަންޑަނާ ރާއްޖެއަށް ކުރަމުންދާ ޗުއްޓީ ދަތުރުގެ ފުރަތަމަ ފޮޓޯ ސަޕޯޓަރުންނަށް ދޫކޮށްލައިފިއެވެ.

އެ ފޮޓޯގައި ފެންނަނީ ޕޫލެއްގެ ކައިރީގައި ކޮއްތު ވައްޓެއްގެ ކައިރީގައި ރަޝްމިކާ އިށީނދެލައިގެން އިން މަންޒަރެވެ. އެ ފޮޓޯގައި ލޮކޭޝަން ހިމަނާފައިވާއިރު ރަޝްމިކާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޯޒެން ރިޒާވް ބޮލިފުށީގައިކަން ހާމަކޮށްފައިވެއެވެ.

ރަޝްމިކާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައީ އޭނާ ބޮލީވުޑަށް ޑެބަޓްވި ފިލްމު ރިލީޒް ކުރި ދުވަހުއެވެ.

އެ ފިލްމަކީ ލީޑް ރޯލުން ރަޝްމިކާގެ އިތުރުން ބޮލީވުޑްގެ ބިގް ބީ ކަމުގައި ސިފަކުރާ އަމީތާބް ބައްޗަންގެ އިތުރުން ނީނާ ގުޕްތާ އެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު އިއްޔެ ވަނީ ސިނަމާތަކުގައި އަޅުވާފައެވެ.

https://www.instagram.com/p/CjdHv8hqgsY/?hl=en

ރަޝްމިކާ ރާއްޖެ އައީ އޭނާގެ ލޯބިވެރިޔާ ވިޖޭ ދެވަރަކޮންޑާއާއި އެކުގައެވެ. ނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މި ޗުއްޓީ ދަތުރުގެ ހިލަމެއް އަދި ނެތެވެ.

ރަޝްމިކާ މީގެ 30 ވަރަކަށް މިނެޓު ކުރިން އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަށް 30 ވަރަކަށް މިނެޓު ތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް