ވިހެއުމުން އާލިއާ ހަ މަސްވަންދެން އަރާމުކުރާނި، ދަރިފުޅު ބަލާނީ ރަންބީރު!

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވިހެއުމުން ފިރިމީހާ ރަންބީރު ކަޕޫރު ދަރިފުޅު ބަލަން ހަ މަހުގެ ޗުއްޓީއެއް ނަގަން ނިންމާފައިވާ ކަން ހާމަކޮށްފި އެވެ. އާލިއާ ވިހާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޑިސެމްބަރު...

08 Oct 2022 | 11:43

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވިހެއުމުން ފިރިމީހާ ރަންބީރު ކަޕޫރު ދަރިފުޅު ބަލަން ހަ މަހުގެ ޗުއްޓީއެއް ނަގަން ނިންމާފައިވާ ކަން ހާމަކޮށްފި އެވެ.

އާލިއާ ވިހާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހު ފަހުކޮޅު އެވެ. މިހަފްތާ ބަންދުގައި އެމީހުން ވަނީ އާއިލާ އާއި އެކު ބޭބީ ޝަވާ ބާއްވާފައި އެވެ.

އާލިއާ މީޑިއާގައި ދިން އިންޓަވިއުއެއްގައި ބުނީ ދަރިފުޅު ލިބުމަށް ފަހު ދެމީހުންގެ ދިރިއުޅުން ކުރިޔަށް ގެންދާނެ ގޮތް މިހާރު ރަންބީރު ޕްލޭންކޮށް ނިންމާފައިވާ ކަމަށެވެ. ލޯބިވާ އަނބިމީހާ ވިހެއުމަށް ފަހު މަސައްކަތަށް ނުކުންނާނެ ދުވަހާއި ދަރިފުޅު ބަލަން ރަންބީރު ހުންނާނެ މުއްދަތު ކަނޑައަޅާފައިވާ ކަމަށް އާލިއާ ބުންޏެވެ.

އެގޮތުން ވިހެއުމަށް ފަހު ރަންބީރު ހަ މަހުގެ ޗުއްޓީ ނަގާނެ އެވެ. އަދި އެ މުއްދަތުގައި ދަރިފުޅު ބަލާނީ ރަންބީރު ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އާލިއާއަށް އޮންނާނީ ގިނައިން އަރާމު ކުރުމެވެ.

ހަ މަސް ފަހުން އާލިއާ އާއި ރަންބީރު އެނބުރި މަސައްކަތަށް ނުކުންނާނެ އެވެ. އޭގެ ފަހުން ދެމަފިރިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި "ބްރަހްމަސްތުރާ" ގެ ދެވަނަ ބައިގެ މަސައްކަތް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް