އިންޑިއާގައި އުފައްދާފައިވާ ކެއްސާތި ބޯ ބޭސްތަކެއް އެތެރެ ކުރުން މަނާކޮށްފި އެވެ.
އެތެރެ ކުރުން މަނާކޮށްފައިވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ކޮފް ސިރަޕް ސިޔާ ބޭސްތަކެކެވެ. މި ބޭސްތައް މަނާ ކުރީ ޑަބްލިއުއެޗްއޯއިން ސަމާލުވުމަށް އެންގުމުންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އެތެރެކުރުން މަނާކޮށްފައި ވަނީ އިންޑިއާގެ ހަރިޔާނީ ސްޓޭޓްގައި ހުންނަ މައިޑެން ފާމަސިޓިކަލް ލިމިޓެޑުން އުފައްދާފައިވާ ކޮފް ސިރަޕްތަކެއްކަމަށެވެ. އެއީ "ޑައިތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ބޭނުން ކޮށްގެން އުފައްދާފައިވާ ބޭސްތަކެކެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ބޭސްތަކަކީ އާންމުކޮށް ރާއްޖެ އެތެރެ ކުރާ ބޭސްތަކެއް ނޫން ކަމަށެވެ. އެކަމަކު ބޭސް ސިޓީއަކުން ނުވަތަ އެނޫންވެސް ގޮތަކަށް އެތެރެކުރުމުގެ ފުރުސަތު އޮތުމުން އެތެރެކުރުން މަނާކުރާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައިވެ އެވެ.
މި ބޭހުގެ މައްސަލަ ޑަބްލިއުއެޗްއޯއަށް ރިޕޯޓު ކުރީީ ގެމްބިއާއިންނެވެ. މި ބޭސްތައް ބޭނުންކޮށްގެން އެ ގައުމުން ވަނީ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައި އެވެ.
މަނާކުރި ބޭސްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީއާ ހިއްސާކުރުމަށްވެސް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް