އއ މާޅޮހުގެ ދެކުނުން ބަންޑުންޖަހާލި ލޯންޗުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި އެވެ. އެމްއެންޑީއެފް އިން ބުނީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހ...

08 Oct 2022 | 10:00

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ކަމަށާއި އެއީ އުމުރުން 28 އަހަރުގެ މީހެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

މި މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.

އިއްޔެ ހިނގި މި ހާދިސާގައި އެ ލޯންޗުން ދަތުރުކުރިކަމަށް ބެލެވޭ މީހަކު ވަނީ އެ އަތޮޅު ފެރިދޫ ފުއްޓަރާއި ދިމާލުން ނެވެ. އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އާއިލާގެ އެދުމުގެ މަތިން ރޭގެ ވަގުތެއްގައި ވަނީ އިތުރުފަރުވާއަށް މާލެ ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް