އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މިމަހުގެ31 ގައި ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތީ36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީން މީޑިއާގައި ބުނީ ބަޖެޓު އެކުލަވާލުމުގެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ. މިހާރު ކުރިޔަށް ދަނީ ބަޖެޓްގައި އަލަށް ހިމަނާނެ މަޝްރޫއުތަކުގެ މަސައްކަތް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު ބޮޑުވާނެ ކަމަށް ސިޔާސީ ފަރާތްތަކުން ލަފާ ކުރެ އެވެ. އެއީ ރިޔާސީ އިންތިހާބު ބާއްވާ އަހަރަށް ވާތީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ބަޖެޓު ކަނޑައެޅުމުގެ އިތުރުން ގިނަ މަޝްރޫއުތަކެއް ހިންގާނެތީ އެވެ.
އޮކްޓޯބަރު ނިމުގެ ކުރިން ބަޖެޓު މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ދައުލަތުގެ ބަޖެޓު އަންނަ މަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް