އިންޑިއާގައި ދަރިވަރުންތަކެއް ސްކޫލް ފާހާނާގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ސްކޫލެއްގެ ފާހާނައިގަ 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހު އެވެ. ސަރުކާރު ސްކޫލެއްގައި ހިނގި މި ހާދިސާ އޮތީ އެ ސް...

08 Oct 2022 | 08:26

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ސްކޫލެއްގެ ފާހާނައިގަ 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހު އެވެ. ސަރުކާރު ސްކޫލެއްގައި ހިނގި މި ހާދިސާ އޮތީ އެ ސްކޫލް މެނޭޖްމެންޓުން ސިއްރު ކޮށްފައި އެވެ.

މިކަން ފަޅާ އަރުވާލީ އެ ކުއްޖާގެ އާއިލާއިން ދިއްލީ ކޮމިޝަންސް ފޯ ވުމެންއަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުންނެވެ. މި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ދިއްލީ ފުލުހުން ބަލަން ފެށި ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރަނީ އެ ސްކޫލްގެ ސެކަންޑްރީ ގްރޭޑެއްގައި ކިޔަވާ ދެ ފިރިހެން ދަރިވަރުންނަށެވެ.

އެ ކުއްޖާ އާއި ހަވާލާދީ އެ ކޮމިޝަނުން ބުނީ އޭނާ ރޭޕް ކުރީ ކްލާހަށް ދަނިކޮށް އޭގެ ތެރެއިން އެއް ފިރިހެއް ކުއްޖެއްގެ ގައިގަ އޮޅިގެން ޖެހުމުން ކަމަށެވެ. އޭނާ ވަގުތުން މައާފަށް އެދުނު ނަމަވެސް އެ ދެ ފިރިހެން ކުދިން ވަނީ ކްލާސް ކައިރިން އޭނާ ހިފަހައްޓައި، ދިމާކޮށް، ދަމާފައި ފާހާނައަށް ގެންދިއުމަށް ފަހު ރޭޕް ކޮށްފައި އެވެ.

ކުއްޖާ ބުނީ އޭނާ އެ މައްސަލަ ސްކޫލް މެނޭޖްމެންޓަށް އެ ދުވަސްވަރު ހުށަހެޅުމުން ލިބުނު ޖަވާބަކީ އެ ދެ ފިރިހެން ކުދިން ސްކޫލުން ވަކިކޮށްފައިވާތީ އެކަން ހަނދާން ނައްތާލުމަށެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާއަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި އެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް ބުންޏެވެ.

1.38 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ކޮންމެ ދުވަހަކު 90 ވަރަކަށް ރޭޕް ކޭސް ރެޖިސްޓާ ކުރެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ނުފޫޒާއި ލަދަށް ރޭޕްކޭސްތައް ރެކޯޓު ނުކުރާ އެތައް ހާސް ބަޔަކު އިންޑިއާގައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް