އއ. މާޅޮހު ކައިރިން ބަންޑުން ޖަހާލާފައި އޮއްވަ ފެނުނު ލޯންޗުން ދަތުރު ކުރި މީހުންގެ ތެރެއިން ފެނުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އެ ލޯންޗު މާލެއިން ފުރިފަހުން ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެމްއެންޑީއެފް ކޯސްޓް ގާޑަށް އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވަ މާޅޮހު ދެކުނު ފަރާތުން ފެނުނީ އިއްޔެ އެވެ.
ލޯންޗު ފެނުމާއި ގުޅިގެން އޭގެން ދަތުރު ކުރި ދެމީހުން ހޯދަމުން ދަނިކޮށް އެކަކު ފެނިފައިވަނީ އެ އަތޮޅު ފެރިދޫ ފުއްޓަރާއި ދިމާލުންނެވެ. އެ ދެމީހުންނަކީ ދިވެހިންނެވެ.
އެމީހާއަށް ފަރުވާ ދެމުން ދިޔައީ ފެރިދޫ ސިއްހީ މަރުކަޒުގައި އެވެ. އެމީހާގެ ސިއްހީ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނޭނގެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމީހާއަށް އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމުގެ މަތިން މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އެމީހާ ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގައި އެވެ.
އަނެއް މީހާ އަދިވެސް ނުފެނެ އެވެ.
ފުލުހުންނާއި ކޯސްޓްގާޑުން ދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް