ޕާކިސްތާނު ބަޔަކު ތިބި ބޯޓެއް ނަޑެއްލާ ފަރަށް އަރައިފި

ގދ.ނަޑެއްލާ ފަރަށް ބޯޓެއް އަރައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ކުރީ ރޭ6:21 ހާއިރު ކަމަށެވެ. ފަރަށް އެރި ބޯޓު ތިބީ ޕާސްކތާނުގެ10 މީހުންނެވެ. ފުލުހުން ބުނީ...

08 Oct 2022 | 07:49

ގދ.ނަޑެއްލާ ފަރަށް ބޯޓެއް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ކުރީ ރޭ6:21 ހާއިރު ކަމަށެވެ.

ފަރަށް އެރި ބޯޓު ތިބީ ޕާސްކތާނުގެ10 މީހުންނެވެ. ފުލުހުން ބުނީ އެމީހުން މިހާރު އެ ރަށަށް ބާލާފައިވާ ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

މި ބޯޓާއި ގުޅޭ އިތުރު މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. އެގޮތުން މި ބޯޓަކީ ރާއްޖޭ ބޯޓެއް ކަމެއް ނުވަތަ އެއީ ގަވައިދާ ހިލާފަށް ރާއްޖެ އައިސްގެން އުޅުނު ބޯޓެއް ކަމެއް ނޭނގެ އެވެ.

ބޯޓު ފަރަށް އަރާފައި އޮތް ސަރަހައްދުގައި ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް