ބުރުނީ ސްކޫލް ވަށާ ފާރު ރާނަން ނެކްސްޓާ އާއި ހަވާލުކޮށްފި

ތ.ބުރުނީ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލު ކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަ...

08 Oct 2022 | 06:54

ތ.ބުރުނީ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލު ކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. ނެކްސްޓާގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސައީދް މުހައްމަދެވެ.

މިއީ2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ގެދަށުން ހަވާޅު ކުރެވުނު މަސައްކަތެކެވެ.

މި މަޝްރޫއު ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2.3 މިލިއަން ރުފިޔާއަށެވެ.

މަސައްކަތް ނިންމަން ޖެހެނީ ދެ މަސް ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް