"ސްރިވައްލީ" ރާއްޖެ އައީ ލޯބިވެރިޔާ "ދެވަރަކޮންޑާ" އާއެކު

ފިލްމު ޕުޝްޕާގައި "ސްރިވައްލީ" ގެ ރޯލުން ބޮޑު މަގްބޫލުކަމެއް ހޯދި ރަޝްމިކާ ރަޝްމިކާ މަންޑަނާ ރާއްޖެއައީ އޭނާގެ ލޯބިވެރިޔާ ވިޖޭ ދެވަރަކޮންޑާއާއެކުގައި ކަމަށް އިންޑިއާ މީޑިއާއިން ބުނެފިއެވެ. އިއްޔެ އިން...

08 Oct 2022 | 05:21

ފިލްމު ޕުޝްޕާގައި "ސްރިވައްލީ" ގެ ރޯލުން ބޮޑު މަގްބޫލުކަމެއް ހޯދި ރަޝްމިކާ ރަޝްމިކާ މަންޑަނާ ރާއްޖެއައީ އޭނާގެ ލޯބިވެރިޔާ ވިޖޭ ދެވަރަކޮންޑާއާއެކުގައި ކަމަށް އިންޑިއާ މީޑިއާއިން ބުނެފިއެވެ.

އިއްޔެ އިންޑިއާގެ މީޑިއާގެ ފަލަ ސުރުހީގައި އޮތީ މި ދެ ލޯބިވެރިން ރާއްޖެ ދާން މުމްބާއީ އެއާޕޯޓުން ފުރި ވާހަކައެވެ.

ވިޖޭ ދެވަރަކޮންޑާ އަކީވެސް ސައުތު ފިލްމީ އިންޑަސްޓްރީގައި މަގްބޫލު ތަރިއެކެވެ. ރަޝްމިކާ އާއި ވިޖޭ ދެވަރަކޮންޑާއާއި ދެ ތަރިން އެކުގައި ކުޅުނު "ޑިއަރ ކޮމްރޭޑް"އަށްފަހު ދެ ތަރިންގެ ގުޅުން ވަރަށް ރަނގަޅުކަމަށް އިންޑިއާ މީޑިއާއިން ބުނެއެވެ.

އެހެންނަމަވެސް މި ދެ ތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން އާއްމުކޮށް ދެ ތަރިންވެސް އެއްބަސްވެފައެއް ނުވެއެވެ.

ރަޝްމިކާ އާއި ވިޖޭ ރާއްޖެ އައި ނަމަވެސް އެ ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން ސާފެއް ނޫނެވެ. އެހެން ތަރިން ރާއްޖެ އައިސް އެ ތަރިންގެ އިންސްޓަގްރާމަށް ފޮޓޯ އަޕްލޯޑްކުރިނަމަވެސް ރަޝްމިކާ އަދި ވިޖޭވެސް ޗުއްޓީގެ އެންމެ ފޮޓޯއެއްވެސް އަދި އަޕްލޯޑްކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް